ރާއްޖޭގެ މަސައްކަތުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ކާރިސާތަކަށް ވިލުންވެރި ބަޔަކަށް ހަދައި، ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ 'ޑިޒާސްޓަރ ރެސްޕޮންސް ރެޑީ ސިވިލް ސާރވިސް ކެޑްރޭ' ތައްޔާރުކުރުމަށްޓަކައި "ސެކްޓޯރަލް އެވެއާނެސް އޮން ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" ޕްރޮގްރާމްގެ ނަމުގައި އެވެއަރނަސް ސެޝަންތަކެއް މިނިސްޓްރީތަކާއި އޮފީސްތަކުގެ ސްޓާފުންނަށް އަމާޒުކޮށްގެން ވަނީ އެކުލަވާލެވިފައެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ކާރިސާތަކަށް އިޖާބަދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މައުލޫމާތާއި ހުނަރު ލިބިފައިވާ އަހުލުވެރި ވޯކްފޯރސްއެއް ތައްޔާރުކުރުމެވެ. އަދި އެކި އިދާރާތަކުން ކުރަމުންގެންދާ މުހިއްމު މަސައްކަތްތަކުގައި އަދި ތަރައްޤީގެ މަޝްރޫއުތަކުގައި ކާރިސީ ހިރާސްކުޑަކުރުމުގެ ކަންކަން ހިމެނޭނެ ގޮތްތަކާއިމެދު މަޝްވަރާކުރުމުވެ.