މޭކިންގ ސިޓީސް ރެސިލިއެންޓް 2030 (އެމްސީއާރު2030) އަކީ
ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން
(ޔޫ.އެން.ޑީ.އާރް.އާރް) އިން މީހުން ދިރިއުޅޭ ސިޓީ ތަކުގައި ކާރިސީ ހިރާސް
ކުޑަކޮށް ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި،
ގާނޫނާއި ގަވާއިދުތަކާއި ނިޒާމުތަށް އެކުލަވާލަން ބާރުއަޅައި، ކާރިސާތަކަށް
އިޖާބަދިނުމަށް ބޭނުންވާ ބެނުންވާ ތަކެއްޗާ މުދާ ހޯދުމާއި، ތަމްރިނާއި، ހުނަރު
ފަންނުވެރިން ބިނާކުރުމަށް ކުރެވޭ ކެމްޕޭނެއެކެވެ. ރާއްޖޭގައި މި ޕްރޮގްރާމް
ތައާރަފް ކުރުމުގެ މަޤްސަދަކީ ކާރިސީ ހިރާސް ކުޑަކުމުގެ މަސައްކަތްތަށް އެ
ސިޓީއެއްގެ ހިރާސްތަކާއި އަރައްކާތަކާއި(hazards) ގުޅޭ ގޮތަށް ކުރުމެވެ. އެހެނީ ރަށްރަށާއި އަޅާބަލާއިރު ސިޓީތަކުގެ
އާބާދީއާއި ލިބެން ހުންނަ ހިދުމަތްތަކާއި އެހެނިހެން ކަންކަން ތަފާތުވެ އިތުރުވާ
ބީދައިން ސިޓީތަކުގެ އަރައްކާތަކާއި ހިރާސްތަށްވެސް އިތުރުވެ ތަފާތުވާނެއެވެ.