ވިއްސާރައިގައި 10 ރަށެއްގެ 89 ގެއަކަށް ގެއްލުން

03 ސެޕްޓެމްބަރު 2024

އޮގަސްޓް މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި 10 ރަށެއްގެ 89 ގެއަކަށް ގެއްލުން ލިބިއްޖެއެެވެ.
އޮގަސްޓް 8 އިން ފެށިގެން ރާއްޖެއަށް ކުރަމުން އައި ވިއްސާރައިގައި، އޮގަސްޓް މަހުގެ ނިޔަލަށް ގެއްލުން ލިބުނު ގެތަކުގެ އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 1,084,169 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވަނީ ވަޒަންކުރެވިފައެވެ.
ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ ހޯރަފުށި، އުލިގަމު، އިހަވަންދޫ، ކެލާ އަދި ބާރަށް ހިމެނެއެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، އއ. އުކުޅަސް، ސ. ހިތަދޫ އަދި ސ. ފޭދޫ އާއެކު މާލެ ވެސް ހިމެނެއެވެ.
 މި ރަށްރަށުގެ ގެއްލުން ލިބުނު ގެތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް