ކޮންސްޓަންސް މޫފުށި ރިސޯޓުގައި ސުނާމީ އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފި އައު

08 ނޮވެމްބަރު 2026

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ކޮންސްޓަންސް މޫފުށި ރިސޯޓު ގުޅިގެން، ސުނާމީއެއް ފަދަ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ރައްކާތެރި ސަރަޙައްދުތަކަށް މީހުން ބަދަލުކުރުމުގެ ތަމްރީނު (ސުނާމީ އިވެކުއޭޝަން ޑްރިލް) އެއް އެ ރިސޯޓުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި އެންޑީއެމްއޭގެ ޓީމު ލީޑުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އަލްފާޟިލާ ޢާއިޝަތު ޞަފޫރާއެވެ. މި ޑްރިލްގައި ރިސޯޓުގެ އިސް ވެރިންނާއެކު ޖުމްލަ 148 މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ސުނާމީއެއް ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރަންޖެހޭ އިވެކުއޭޝަން އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، އެފަދަ ހާދިސާތަކަށް ތައްޔާރުވެ އިޖާބަދިނުމުގެ ގާބިލުކަމާއި ހުނަރު ރިސޯޓުގެ މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް