އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ 2025 މިއަދު ކުޅުދުއްފުށީގައި ފަށައިފި

19 މޭ 2025

ކުޅުދުއްފުށި، 15 ފެބްރުއަރީ 2025 (ހޭންޑްލައިން ނިއުސް) - ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ދިވެހި ރެޑް ކްރެސެންޓް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ 2025 މިއަދު ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.           
މި މަހާސިންތާގައި ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި، އަދި މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކުގެ ކައުންސިލްތަކާއި، މި ސަރަޙައްދުގެ ކަމާގުޅުންހުރި އިދާރާތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެއެވެ. މި މަހާސިންތާއަކީ 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މަހާސިންތާއެކެވެ.
ކާރިސީ ހިރާސް ކުޑަކުރުމުގެ ރީޖަނަލް މަހާސިންތާ އެންމެ ފުރަތަމަ ފެށުނީ ވޭތުވެދިޔަ 2024 ވަނަ އަހަރު ދެކުނު ސަރަހައްދުގައެވެ. އެ މަހާސިންތާގައި 4 އަތޮޅުގެ 97 ބައިވެރިން ބައިވެރިވިއެވެ. މިއަހަރުގެ މަހާސިންތާއަކީ މި ސިލްސިލާގެ ދެވަނަ މަހާސިންތާއެވެ.
މި މަހާސިންތާގެ ބައިވެރިންނަށް ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުގައި އިޖާބަދިނުމުގެ އުސޫލުތަކާއި، ކާރިސާތަކުން އަރައިގަތުމުގެ ރޭވުންތެރިކަމާ ބެހޭ މަޢުލޫމާތު ދެވޭނެއެވެ.
މި މަހާސިންތާ ނިމުމުން، އުތުރު ސަރަޙައްދުގެ ރަށްތަކުގައި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވެ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަގުފަހިވެގެންދާނެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް