އުތުރަށް މޫސުން ގޯސް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަންގައިފި

15 އޮކްޓޯބަރު 2023

އުތުރުގެ ރަށްތަކަށް މޫސުން ގޯސްވުމުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން މިއަދު އިލްތިމާސް ކޮށްފިއެވެ.
ވޭތުވެދިޔަ ދެތިން ދުވަހު އުތުރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން، ހއ. މުރައިދޫ، ކެލާ، ދިއްދޫ، ހޯރަފުށި، ތަކަންދޫ، އުތީމު އަދި ހދ. ފިނޭއަށް ފެންބޮޑުވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.
މީގެ ތެރެއިން ބައެއް ރަށްރަށުގައި ފެން ހިންދުމަށް އެމްއެންޑީއެފްގެ އެހީތެރިކަން ވެސް ވަނީ ހޯދާފައެވެ.
ފެން ޖެހިއްޖެ ނަމަ ހަލާކުވާ ޒާތުގެ ތަކެތި ފެން ނުޖެހޭ ހިސާބުތަކަށް ބަދަލުކުރުން ވެސް މުހިންމު ކަމެކެވެ. 
ރައްކާތެރިކަމުގެ ފިތަވަޅު އެޅުމުން ލިބޭ ގެއްލުން ކުޑަކުރެވޭ ކަމަށެވެ. އެހެންކަމުން ދުރާލާ މިފަދަ ކާރިސާތަކަށް ރައްކާތެރިވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ހަނިމާދުއަށް ވަނީ 72.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި، މިދިޔަ ހުކުރު ދުވަހު ށ. ފުނަދޫއަށް ވަނީ 54.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް