ކާރިސާއެއް
ދިމާވެއްޖެ ހާލަތައެއްގައި ރަށު ފެންވަރުގައި މަސައްކަތް ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާ،
ގާބިލުކަން އިތުރުކުރުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރިއަށް
ގެންދާ އައިލެންޑް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން (އައިޑީއެމްޕީ) އެކުލަވާލުމާއި ކޮމިއުނިޓީ
އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާރޓް) ތަމްރީނު ރ. މީދޫގައި ބާއްވައިފިއެވެ.
ޖުމްލަ
18 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ތަމްރީނުތަކުގެ މަޤްސަދަކީ ކާރިސާއެއް ދިމާވެއްޖެ
ހާލަތެއްގައި ރަށު ފެންވަރުގައި ކުރަންޖެހޭ ތައްޔާރީތަކާއި، ކާރިސާއަށް ތަދައްޚުލްވުމާއި
އަދި އެކަންކަން ގުޅިގެން ހިންގުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމެވެ.
އެންޑީއެމްއޭ
އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކުގެ ތެރެއިން ބައިވެރިންނަށް
ތިއަރީގެ އިތުރުން ކާރިސާއެއްގެ ހާލަތުގައި އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދީ
މަޢުލޫމާތު ދީފައިވެއެވެ.
އައިލެންޑް
ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން (އައިޑީއެމްޕީ) ތަމްރީނުގެ ދަށުން ކާރިސާއެއް ދިމާވުމުން
އަމަލުކުރާނެ ގޮތާއި، ކަންކަން ރާވާ، މޮނިޓަރކުރާނެ ގޮތުގެ އިތުރުން ރިކަވަރީ ޕްލޭންތައް
އެކުލަވާލުމުގެ ހުނަރު ދަސްކޮށްދީފައިވެއެވެ.
ކޮމިއުނިޓީ
އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާރޓް) ތަމްރީނުގެ ބައިވެރިންނަށް ކުއްލި ހާލަތްތަކުގައި
ފަސޭހައިން ލިބެންހުރި ތަކެތި ބޭނުންކޮށްގެން ފަރުވާ ދިނުމާއި، އަނިޔާވި މީހުން ސަލާމަތްކުރުމާއި،
އަލިފާން ނިއްވުމާއި، މުއާސަލާތީ ނިޒާމު ބޭނުންކޮށްގެން މަޢުލޫމާތު ބަދަލުކުރުންފަދަ
މުހިންމު ކަންކަން ވަނީ ދަސްކޮށްދީފައެވެ.
މި ތަމްރީނުތަކުގެ
ސަބަބުން ރ. މީދޫގައި ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރުވުމުގެ
ގާބިލުކަން އެތައް ގުނައަކަށް އިތުރުވެ، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުވެގެން
ދާނެއެވެ. މީގެ އިތުރުން، މި ތަމްރީނުތަކުގެ ސަބަބުން ރަށުގެ މުޖުތަމަޢުގެ ފެންވަރުގައި
ކާރިސާތަކުގެ ބުރަ ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ.
މިއީ މިއަހަރުތެރޭގައި
އެންޑީއެމްއޭ އިން މިއަހަރުތެރޭގައި މި ތަމްރީންތައް ހިންގި 4 ވަނަ ރަށެވެ.