މިނިސްޓަރ އޮފް ޑިފެންސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ބައްދަލު ކުރައްވައިފި

26 ޑިސެމްބަރު 2023

މިނިސްޓަރ އޮފް ޑިފެންސް އަލްފާޟިލް ޤައްސާން މައުމޫން، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި އޮތޯރިޓީގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެންޑީއެމްއޭގެ ޗީފް ހިސާން ހަސަން، މިނިސްޓަރ އަށް ވަރަށް ބޮޑަށް މަރުހަބާ ދެންނެވިއެވެ. ހަމައެހެންމެ ޑިފެންސް މިނިސްޓްރީގެ ފަރާތުން އަބަދުވެސް އެންޑީއެމްއޭގެ މަސައްކަތްތައް ކުރުމަށް ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ.
މިނިސްޓަރ އެންޑީއެމްއޭގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ފާހަގަކުރެއްވިގޮތުގައި ، އޮތޯރިޓީއިން ކުރަމުންދާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްކަމަށާއި އަދި ބުރަ މަސައްކަތެއް ކަމަށެވެ. މިކަމަށް ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ، މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ބެހޭގޮތުން އައްސަވާ، މުވައްޒަފުން ހުށަހެޅުއްވި ޚިޔާލުތަށް ބަލައިގަނެ އެކަންކަން ޙައްލުކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ މިނިސްޓަރ މަޤާމާ ހަވާލުވުމަށްފަހު ، މި އޮތޯރިޓީގެ މުވައްޒަފުންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް