މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 57 މީހުން ހާލުގައި ޖެހިއްޖެ

09 ސެޕްޓެމްބަރު 2024

  މާލޭގެ ހެންވޭރު ހުޅަނގު ދާއިރާގައި ހުންނަ ހ.ދޫހިމިރި ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި 57 މީހުން ހާލުގައި ޖެހިއްޖެއެވެ. މި ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 37 ދިވެހިންނާއި 20 ބިދޭސީން ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް މި އޮތޯރިޓީން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން، މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:47 ގައެވެ. ނަމަވެސް، ހާދިސާ ހިނގި ސަބަބު އަދި ސާފެއް ނުވެއެވެ. 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް