ކޮލަމާފުށީގެ މަގުތަކުން ފެންހިއްކި ނަމަވެސް ބައެއް ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް އައު

07 ނޮވެމްބަރު 2026

ބޯކޮށް ވާރޭވެހި ގއ. ކޮލަމާފުށީގައި ފެންބޮޑުވި ހާދިސާއާ ގުޅިގެން ކުރެވުނު މަސައްކަތުން، އެ ރަށުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު މިހާރު ވަނީ އެއްކޮށް ހިއްކާލެވިފައެވެ. ނަމަވެސް ފެންވަދެފައިވާ ބައެއް ގޭބިސީތަކުން ފެން ހިއްކުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ހާލަތު އެންމެ ގޯސްވި އެއް ގޭގެ ފާޚާނާ ފުރިގެން ނަޖިސް ބޭރުވެފައިވާއިރު، ރެއިން ފެށިގެން އެ ގެއިން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައެވެ. މި ހާލަތާ ގުޅިގެން ރަށު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މިހާރު ދަނީ އެ ގެއަށް ޚާއްޞަ އިސްކަމެއް ދީގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލިބިފައިވާ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކައުންސިލާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މި އޮތޯރޓީން ދަނީ ކުރަމުންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް