ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެ، މީހަކަށް އަނިޔާވެއްޖެ އައު

07 ނޮވެމްބަރު 2026

ށ. ޅައިމަގަށް މިއަދު އެރި ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެ، މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އެ މީހާއަށް މިހާރު ދަނީ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
ކުއްލިއަކަށް އެރި މި ނަގޫރޯޅީގެ ސަބަބުން ބައެއް ގޭގޭގެ ފުރާޅު އެއްކޮށް އެއްލައިލުމުގެ އިތުރުން، ރަށުގެ ބައެއް ގުދަންތަކުގެ ފުރާޅު ވެސް ވަނީ އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ޅައިމަގު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ނަގޫރޯޅީގެ ސަބަބުން ރަށަށް ލިބުނު ޖުމްލަ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތާއި، ގެއްލުންވި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް