އިންސާނީ އެހީއާއި ކާރިސާގެ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްގައި އެންޑީއެމްއޭ އިން ބައިވެރިވެއްޖެ

21 އޯގަސްޓު 2024

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ މެންބަރު ޤައުމުތަކުގައި އިންސާނީ އެހީއާއި ކާރިސާގެ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށްޓަކައި އުސޫލުތަކެއް އެކުލަވާލުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބައިވެރިވެއްޖެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ސީއެސްސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ކާރިސާގެ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލައި، އެފަދަ ޙާލަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މީގެ ސަބަބުން ސަރަޙައްދީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް