ހުޅުމާލޭ ވިނަރެސް ފްލެޓް 9B-13-06 އެޕާޓްމަންޓްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެޕާޓްމަންޓަށް ބޮޑެތި
ގެއްލުންތަކެއް ވަނި ލިބިފައެވެ.
މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓް ވަނީ މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފަ އެވެ. އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، މި އޮތޯރިޓީން ވަނީ 4 މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއެކު ކެއުން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، އެ އާއިލާގެ 2 މީހަކަށް ބޭނުންވާ އަންނައުނުވެސް ވަނީ ފޯރުކޮށްދީފަ އެވެ.