ހ.ސަންގުމަރުމަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މި އޮތޯރިޓީއިން ހަރަކާތްތެރިވެއްޖެ.

02 މާރިޗު 2024

ހެންވޭރު ފަސޭހަ ޕޮއިންޓް ހޮޓާ ކުރިމަތީގައި ހުންނަ ސަންގުރޭޒްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި އޮތޯރިޓީއިން ހަރަކާތްތެރިވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ 2 މާރިޗް 2024 ވަނަ ދުވަހުގެ އިރުއޮއްސި 6:16 ހާއިރުއެވެ. ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އެސަރަހައްދުގައި ވަރަށް ބޮޑަށް ދުންފެތުރިފައިވެއެވެ. މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ 06:23 ގައެވެ.
މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަށް ދެނެގަނެ، 4 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ ކެއިންބުއިމުގެ އިންތިޒާމްތައް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ވަނީ ހަމަޖއްސައިދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. ހަމައެހެންމެ އިމާރާތަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތްވެސް މި އޮތޯރިޓީއިންދަނީ ކުރަމުންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް