ގ. ގްރީން ހައުސް 3 ގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް
ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން މަޢުލޫމާތު ދެއްވި ގޮތުގައި ، ގަލޮޅު
ސައިރިކްސް ކޮލެޖު ކައިރީ ހުރި މި ގެޔަކީ އިމާރާތް ކުރަމުން އަންނަ ގެއެއް
ކަމަށެވެ.
އިމާރާތުގައި ރޯވެފައި ހުރި އަލިފާންގަނޑު
ކޮންޓްރޯލް ކުރެވިފައިވަނީ 23:56 ހާއިރުއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި
ނުވި ނަމަވެސް، ރޯވި އަލިފާންގަނޑުގެ ދުމުގެ ސަބަބުން ކައިރި ގެތަކުން
ވަގުތީގޮތުން މީހުން ހުސްކުރަން ޖެހުނެވެ. އަލިފާންގަނޑު ކޮންޓްރޯލްވެ ހަމައަކަށް
އެޅުމުން އެ ގެތަކަށް ފަހުން ވަނީ މީހުން ވައްދާފައެވެ.
ރޭގައި މި ހިނގި އަލިފާނުގެ ހާދިސާގައި
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެހުނު ފަރާތްތަކަށް އެންޑީއެމްއޭ
އިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.