އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބު ކޮށްފި އައު

25 ނޮވެމްބަރު 2026

އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އަޕްޑިމް)ގެ ގަވަރނިންގ ބޯޑުގެ ޗެއަރއަކަށް ރާއްޖެ އިންތިޚާބުކޮށްފިއެވެ.
އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތާ ރާއްޖެއިން ހަވާލުވީ މިއަދު މެންހަޓަން ގްރޭންޑް ހުޅުމާލޭ ގައި ކުރިއަށްދިޔަ އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އަޕްޑިމް)ގެ ގަވަރނިންގ ބޯޑުގެ 11 ވަނަ ބައްދަލުވުމުގައެވެ. ރާއްޖޭގެ ފަރާތުން ރިޔާސަތާ ހަވާލުވެވަޑައިގެން އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ 11 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް އެންޑް ނޭޝަނަލް ސަރވިސް އައިޝަތު ފަސޫރާއެވެ.
އޭޝިޔާއާއި ޕެސިފިކް ސަރަހައްދުގެ 11 ޤައުމަކުން ބައިވެރިވާ، އަޕްޑިމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ކާރިސީ ހިރާސް ކުޑަކުރުމުގެ މަސައްކަތުގައި މިހާރު އެކި މުއައްސަސާތަކުގައި ހުރި ކާރިސާތަކާއި ކާރިސީ ހިރާސް ކުޑަކުރުމުގެ މަޢޫލޫމާތު އެއްދިމާލަކުން ލިބޭނެ ގޮތް ހަދާ، އަދި ސިޔާސަތުތައް ކަނޑައެޅުމުގައި އެކި މުއައްސަސާތަކުގެ ގުޅުން ވަރުގަދަކޮށް މަޢުލޫމާތާއި ޑާޓާގެ ބޭނުން ހިފުމަށް ބާރުއަޅާ، އެކަމާ ގުޅޭ ގޮތުން މެންބަރު ޤައުމުތަކުން ބޭނުންވާ ތަމްރީންތައް ކުރިއަށް ގެންދިއުމާއި ޤައުމުތަކުގެ ފަންނީ ގާބިލްކަން އިތުރުކުރުމެވެ.
އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އަޕްޑިމް) އަކީ އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް  (ޔޫއެން -އެސްކެޕް) ގެ ދަށުން ހިންގާ ސަރަހައްދީ ޖަމިއްޔާއެކެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް