އުތުރުގެ އަތޮޅުތަކަށް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުތަކެއް

21 އޯގަސްޓު 2024

ރޭ އުތުރުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ގިނަ ގޭބިސީތަކަކަށް ގެއްލުން ލިބިއްޖެއެވެ.
މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ހދ. ކުޅުދުއްފުށްޓަށެވެ. އެ ރަށުގެ 57 ގެއަކަށް ފެންވަދެ ގެއްލުންވެފައިވާއިރު، 5 ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިވެއެވެ.
މީގެ އިތުރުން ހއ. ހޯރަފުށީގެ 2 ގެއަކަށާއި، ށ. ފީވަކުގެ 5 ގެއަކަށް އަދި ށ. ނޫމަރާގެ 5 ގެއަކަށްވެސް ފެންވަދެ ގެއްލުންވެފައިވާކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. މޫސުމާބެހޭ މަރުކަޒުން ނެރެފައިވާ އާންމު އިންޒާރުގައި، އުތުރުގެ އަތޮޅުތަކަށް މިއަދުވެސް ވިއްސާރަވެ، ވައި ގަދަވެ އުދައެރުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.
ވިއްސާރައިގެ ސަބަބުން ގެއްލުންވެފައިވާ ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭ އާއި ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް