ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
(އެންޑީއެމްއޭ) އިން މޯލްޑިވިއަން ރެޑް ކްރެސެންޓާއި އުސައިޑް ގުޅިގެން ކުރިއަށްގެންދާ ކޮމިއުނިޓީ ބޭސްޑް
ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް (ސީބީޑީއާރްއެމް) ޕްރޮގްރާމްގެ ދަށުން އެންހޭންސްޑް
ވަލްނަރަބިލިޓީ އެންޑް ކެޕޭސިޓީ އެސެސްމަންޓް (އީވީސީއޭ) ޓޫލްކިޓާއި
ގައިޑްލައިންތައް ރިވިއުކުރުމަށް ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުމެއް
ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ރައްޔިތުންގެ
ބައިވެރިވުމާއެކު ކާރިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ދެނެގަތުމަށާއި އެފަދަ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމަށް ބޭނުންކުރާ މުހިންމު
ވަސީލަތެއް ކަމުގައިވާ އީވީސީއޭ ޓޫލްކިޓާއި ގައިޑްލައިންތައް މުރާޖަޢާކުރުމަށް
ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ކަމާގުޅޭ އެކި
ދާއިރާތަކުގެ ފަރާތްތަކުން ބައިވެރިވެ، އީވީސީއޭ ޓޫލްކިޓާއި ގައިޑްލައިންތަކަށް
ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރިއެވެ. މިފަދަ
ބައްދަލުވުންތަކުން ކާރިސާތަކުން ރައްކާތެރިވުމަށް ރާވާ ރޭވުންތައް އިތުރަށް
ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.